މޯލްޑިވްސް ނާއު — ދިވެހިރާއްޖޭގެ އެންމެ ފަހުގެ ޚަބަރުތައް
ފިޝަރީޒް މިނިސްޓްރީން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 14 ސްކޮލަރޝިޕް ހުޅުވާލައިފި
މަސްވެރިކަމާއި މެރިކަލްޗަރާއި މެރިން ރިސާޗްގެ ދާއިރާއިން ބެޗެލަރސް އަދި މާސްޓަރސް ކިޔެވުމަށް 14 ފުރުޞަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ. ކުރިމަތިލެވޭނީ 15 ނޮވެމްބަރާ ހަމައަށެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ދެވަނަ އަހަރުވެސް ތަމްރީނު ކުރަނީ ކ. ގުރައިދޫގައި
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންއަށް ތައްޔާރުވުމަށް ފަލަސްތީނުގެ ޓީމު ކ. ގުރައިދޫގައި 10 ދުވަހުގެ ކޭމްޕެއް ބާއްވައި، ރާއްޖޭގެ ޓީމާ ދެ މެޗު ކުޅޭނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
އީގަލްސްއަށް މި ސީޒަނުގެ ފުރަތަމަ ބަލި، ނިއު ރޭޑިއަންޓުން 7-1 އިން މޮޅުވެއްޖެ
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ބަލިނުވެ ކުރިއަށް ދިޔަ ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެވަނަ ހިސާބަށް އަރައިފިއެވެ.
އެންމެ ފަހުގެ ޚަބަރު
Velana International Airport
Maldives Live
އެންމެ ފަހުގެ ޚަބަރު
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް
ހުޅުމާލޭގެ ފުރަތަމަ ދުވަސްވަރުގެ އުޅަނދުތަކާއި ސްމާޓް މަގުބައްތީގެ މޮޑެލްތަކަށް ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް ލިބިއްޖެއެވެ.
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނުން ގެތަކަށް ގެއްލުން، ގިނަ ބަޔަކަށް އަނިޔާ
ށ. ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި އާދީއްތަ ދުވަހު ރޯވި އަލިފާން ކައިރީގައި ހުރި ގެތަކަށް ފެތުރުމުން ގެތަކަށް ގެއްލުން ލިބި، ގިނަ ބަޔަކަށް ފަރުވާ ދީފިއެވެ.
ކުދި ވިޔަފާރިތަކަށް ނޮވެންބަރުން ފެށިގެން ބީއެމްއެލް މެދުވެރިކޮށް ޑޮލަރު، އައްޑޫ އެސްއެމްއީ ޒޯނަކަށް
ކުދި ވިޔަފާރިތަކަށް 1 ނޮވެންބަރުން ފެށިގެން ބީއެމްއެލް މެދުވެރިކޮށް ބޭރުން ޑޮލަރު ބަލައިގަނެވޭނެ ކަމަށާއި، ޖީއެސްޓީ ތްރެޝްހޯލްޑް މަތިކޮށް، އައްޑޫ ސިޓީ އެސްއެމްއީ ޒޯނަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ލަންކާއިން ރާއްޖެއަށް 5 މިލިއަން ރުޕީސްއަށްވުރެ ގިނަ އަގެއްގެ ބޭސް ހަދިޔާކޮށްފި
ހެލްތު މިނިސްޓަރު ޖީލާ ޢަލީ އެދިވަޑައިގަތުމުން ލަންކާއިން ފޯރުކޮށްދިން ބޭސް، 22 އޮކްޓޫބަރުގައި ކޮލަމްބޯގައި ދިވެހި ހައިކޮމިޝަނަރާ ހަވާލުކޮށްފިއެވެ.
ފީފާ އަންޑަރ 15 ވޯލްޑް ކަޕްގައި ދިވެހި ޓީމުގެ ފުރަތަމަ މެޗު ދެކުނު އެފްރިކާއާ ދެކޮޅަށް
އަޒަރބައިޖާނުގައި ފުރަތަމަ ފަހަރަށް ބާއްވާ ފީފާ އަންޑަރ 15 ވޯލްޑް ކަޕާއި ފެސްޓިވަލްގައި ދިވެހި ޓީމުގެ ފުރަތަމަ މެޗު ކުޅުނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. ގްރޫޕުގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޮވޯ ވެސް ހިމެނެއެވެ.
ދިވެހިރާއްޖެއާއި އޯމާނުގެ ފުރަތަމަ ސިޔާސީ މަޝްވަރާ މަސްކަޓްގައި ބާއްވައިފި
މަސްވެރިކަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، ބްލޫ އިކޮނޮމީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެ ޤައުމުގެ ބޭރުގެ ވުޒާރާތައް އޮކްޓޫބަރު 22 ގައި މަސްކަޓްގައި މަޝްވަރާކޮށްފިއެވެ.
352 ޒުވާނުންނާއެކު ވަޠަނީ ޚިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނު މާފިލާފުށީގައި ފަށައިފި
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ހަތަރުވަނަ ބެޗު އެމްއެންޑީއެފުން އިފުތިތާޙުކޮށްފިއެވެ. 14 ހަފުތާގެ މި ޕްރޮގްރާމުގައި 125 ރަށެއްގެ 352 ޒުވާނުން ބައިވެރިވެއެވެ.
ރަސްމާލެ މަޝްރޫއުން ރިސޯޓަކަށް ވުރެ 8 ގުނަ ގިނަ ޓީޖީއެސްޓީ ދައުލަތަށް: މިނިސްޓަރު
ރަސްމާލެއިން އަހަރަކު ގާތްގަނޑަކަށް 340 މިލިއަން ޑޮލަރުގެ ޓީޖީއެސްޓީ ދައުލަތަށް ލިބޭނެ ކަމަށާއި، ރިސޯޓު ވިޔަފާރިތަކަށް ރައްކާތެރިކަން ދޭނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވެއްޖެއެވެ.