ބޭނުންވާ ތަކެތި
2... ޖޯޑު ބާސްމަތީ ހަނޑޫ 4... ހިކި މަޝްރޫމް (ބޭނުންނަމަ) 1... މޭޒުމަތީ ސަމުސާ ތެޔޮ 1... ސައިސަމުސާ އޮލިވް އޮއިލް 1... ލޮނުމެދު (ޗިސްކޮށްފައި) 2/1... ސައިސަމުސާ ރޯ އިނގުރު (ޗިސްކޮށްފައި) 1... ލީކްސް (ކޮށާފައި) 1... ކުޑަ ރަތް ބޮޑު މިރުސް (ކުދިކޮށް ކޮށާފައި) 1... ދަޅު ބޭބީ ޒުވާރި (ބޭބީ ކޯން) 4/1... ކިއުކަމްބަރ (ކޮށާފައި) 100... ގްރާމް ފެހި އޮށް 1... ސައިސަމުސާ ސޯޔާސޯސް / އޮއިސްޓަރ ސޯސް
ތައްޔާރުކުރާނެ ގޮތް ކެކިކެކި ހުރި ފެނަށް މަޝްރޫމްކޮޅު އަޅާ މަތިޖަހާފައި 20 މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ދެން ފެން ފޮދު އުކާލާފައި ތަނޑުތައް ބުރިކޮށް މަޝްރޫމް ކޮށާލާށެވެ. ހަނޑޫކޮޅު 12 މިނެޓް ކައްކާފައި ފެން އޮއްސާލާށެވެ. ފެހި އޮއްކޮޅު ވެސް ކެކިކެކި ހުރި ފެނަށް އަޅާފައި 3 މިނެޓް ފަހުން ބާލާ ފެންފޮދު އުކާލާށެވެ. 2 ވައްތަރުގެ ތެޔޮ އެއްކޮށް ތަވައެއްގައި ހޫނުކުރާށެވެ. ދެން އިނގުރާ ލޮނުމެދު، ލީކްސް އަދި ބޮޑު މިރުސްކޮޅު އަޅާ އެއްކޮށްލާށެވެ. 1 މިނެޓަށް މީރުކޮށްލުމަށްފަހު މަޝްރޫމް އާ ކިއުކަމްބާ، ފެހިއޮށް އަދި ބޭބީ ކޯންތައް ތަވަޔަށް އަޅަށެވެ. 2 މިނެޓަށްފަހު ސޯޔާސޯސްކޮޅު އަޅާފައި ދެން ބަތްވެސް އަޅާ އެއްކޮށްލާށެވެ
ރެސިޕީ ދިފޫޑްސް އިން.