ބޭނުންވާ ތަކެތި
3... ޖޯޑު ރަތްބަތް ( ލޮނު ނުލާ ތެޔޮ ނުލާ ކައްކާފައިހުރި) 1... ޖޯޑު ހަނިކޮށް ކޮށާފައިހުރި ބޮޑު މިރުސް 1... ހިކަނދިފަތް 2 /1... ޖޯޑު ހިމުންކޮށް ކޮށާފައިހުރި ( ބޯން ލެސްޗިކަން) 1... ފިޔާ ( ހިމުންކޮށް ކޮށާފައިހުރި) 1... ލޮނުމެދު ( ގާނާފައިހުރި) 3 /1... ސައިސަމުސާ މުގުރި އަސޭމިރުސް 2... ފެހި ތޮޅި މިރުސް ( ހަނިކޮށް ފަޅިފަޅިކޮށްފައިހުރި) 2... މޭޒުމަތީ ސަމުސާ ސޯޔާ ސޯސް ކުޑަ ސަން ފްލާވަރ އޮއިލް ފޮދެއް
ތައްޔާރުކުރާނެ ގޮތް ތަވާ އުނދުންމައްޗަށް އުއްދަވާފައި ކުޑަ ތެޔޮ ފޮދެއް އަޅުއްވާފައި ހޫނުވީމާ ފިޔާ، މިރުސް، ބޮޑުމިރުސް، ހިކަނދިފަތް، އެއްކޮށް އަޅުއްވާފައި ފިޔާކޮޅު މޯޅިވަންދެން މަޑުގިނީގައި ބަހައްޓަވައިގެން ދޭފަތުން ހައްލަވަމުން ގެންދަވާށެވެ. ފިޔާކޮޅު މޯޅިވީމާ ހުރިހާ ބާވަތްތައް އެއްކޮށް އަޅުއްވާފައި ރަހަހިފާވަރު ވީމާ އުނދުން މަތިން ބާލުއްވާށެވެ
ރެސިޕީ ދިފޫޑްސް އިން.