ބޭނުންވާ ތަކެތި

2... ޓޮމާޓޯ (ބޮޑެތިކޮށް ކޮށާފައި) 1... ފަޅި ބެލް ޕެޕަރ ގޮޅިގޮތަށް ބޮޑެތިކޮށް ކޮށާފައި 2... ކެޕްސިކަމް ކަރުނަގާ ކޮށާފައި 1... ބޮޑު ފިޔާ ( އަރި އަރިޔަށް ކޮށާފައި) 2... ލޮނުމެދު ( ހަނިދިގަށް ކޮށާފައި) 2... ފޮތި އަލަނާސި ކޮށާލާފައި 2/1... ޖޯޑު ޗިލީ އެން ގާރލިކް ސޯސް 2/1... ޖޯޑު ޓޮމާޓޯ ސޯސް 2... ޖޯޑު ހުންނަހާރޯމަސް 1 އިންޗިއަށް ތުނިކޮށް ކޮށާފައި 2/1... ސައިސަމުސާ އިނގުރު ( ޗިސްކޮށްފައި ހުރި) 1... މޭޒުމަތީ ސަމުސާ ސޯޔާ ސޯސް 3/1... ސައިސަމުސާ މުގުރި އަސޭމިރުސް 2/1... ސައިސަމުސާ އަޖިނަމޮޓޯ 4... ފެހިމިރުސް ހަނިކޮށް ފަޅި ފަޅިކޮށްފައި ލޮނުކޮޅެއް ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔ،ާ ކެޕްސިކަމް، ބެލް ޕެޕަރ ، މިރުސް،އަޅާފައި ކުޑަކޮށް ފިޔާކޮޅު މޯޅިވީމާ ސޯސްތައް ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރޯފިލުމުން ސޯސްއެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރުކޮށްފައި އުނދުންމަތިން ބާލާށެވެ

ރެސިޕީ ދިފޫޑްސް އިން.