ބޭނުންވާ ތަކެތި

3... ޖޯޑު ބަތް ( ބާސްމަތީ ހަނޑުލުގެ) 1... ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި) 1... ސައި ސަމުސާ ލޮނުމެދު އިނގުރު ( ޗިސްކޮށްފައި ހުރި) 2... ބިސް 3/1... ސައި ސަމުސާ މުގުރި އަސޭމިރުސް 2/1... ޖޯޑު ކެބެޖް ( ހިމުންކޮށް ކޮށާފައި ހުރި) 2/1... ޖޯޑު ކެރެޓް ( ގާނާފައި ހުރި) 2/1... ސައި ސަމުސާ އަޖިނަމޮޓޯ 3/ 1... ދަޅު ފެލިވަރުމަސް 1... ސައި ސަމުސާ ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައިހުރި) ރަހަލާ ވަރަށްލޮނު ތެޔޮފޮދެއް މަޑު މުށި ކުލަ ހިފާވަރަށް ސޯޔާ ސޯސް

ތައްޔާރުކުރާނެ ގޮތް ފުރަތަމަ ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.ތެޔޮ ފޮދު ހޫނުވީމާ ފިޔާ ، މިރުސް،ކެބެޖް، ކެރެޓް،އަޅާފައި ކުޑަކޮށް މޯޅިވުމުން ބިސް ތަޅާފައި އަޅާފައި އެތިއެތިކޮޅަށް ވެރޯފިލުމުން ބަތް ފިޔަވައި ބާކީ ތަކެތި ފަހަރަކު ބާވަތެއް އަޅާފައި އެއްވީމާ ބަތްކޮޅު އަޅާފައި އެއްކޮށްފައި ތަށްޓަށް އަޅާފައި ސާރވް ކުރާށެވެ

ރެސިޕީ ދިފޫޑްސް އިން.