ބޭނުންވާ ތަކެތި

1... ކިލޯ ކުކުޅުމަސް

8... ގިތެޔޮ މިރުސް

6... ލުނބޯ

150... ގްރާމް އިގުރު

2/1... ކިލޯ ފިޔާ

6... ރޯމިރުސް

ލޮނު، ހިކަނދިފަތް

1... މޭޒުމަތީ ސަމުސާ ހަވާދު (މަސާލަ)

2/1... ސައިސަމުސާ ތެޅިމިރުސް

2/1... ސައިސަމުސާ ރީނދޫ

ތެޔޮ

6... ޖޯޑުފުއް

3... ބިސް / މާޖެރިން

ތައްޔާރުކުރާނެ ގޮތް

ކޮއްޓަވާ އެއްޗެހި ވަރަށް ތުނިކޮށް ކޮއްޓެވުމަށްފަހު، ހުރިހާ އެހެން އެއްޗެއް ފުށުގެ ބައި ފިޔަވާ، މޮޑުއްވާށެވެ. ނަމަވެސް އެއްބައި ފިޔަވާ ހިކަނދިފަތްކޮޅު ތެލުގައި މީރު ކުރައްވާށެވެ. (2/1 ޖޯޑު ގިތެޔޮ) ފިޔާތައް ރަތްވުމުން މޮޑުއްވާފައި ހުރި މަސްގަނޑު އަޅުއްވާސެވެ. 1 ސަމުސާ ހަކުރު އަޅުއްވައިފިނަމަ، ރަހަ އަދި ބޮޑަށް މީރުވާނެ އެވެ. ދެން މަސްގަނޑު ހިހޫ ކުރައްވަން ބަހައްޓަވާށެވެ. އެހެން އެއްޗިއްސަށް ވެސް ފުއް މޮޑުއްވާ ގޮތަށް ފުއް މޮޑުއްވާށެވެ. ރޮށި ގޮތަށް ދަންމަވާ ބަޖިޔާއަށް ކައްޕަވާ ގޮތަށް ކައްޕަވާށެވެ. ސިއްހަތަށް ބައްލަވާ ބޭފުޅުންނަށް ފިހެގެން ވެސް ބޭނުންފުޅު ކުރެއްވިދާނެ އެވެ. ނޫންނަމަ ތެލުލައްވާށެވެ.

ބަޖިޔާ ކުކުޅު މަހުގައި ވެސް ނޫނަސް ހެއްދެވިދާނެ އެވެ. މަސް، ގެރިމަސް، ދަޅުމަސް ނުވަތަ ފިޔާގައި ވެސް ހެއްދެވިދާނެ އެވެ

ރެސިޕީ ދިފޫޑްސް އިން.