ބޭނުންވާ ތަކެތި
2/1... ލާހި ހަނޑޫ ނުވަތަ މުގު
2... ދަޅުމަސް (ފެލިވަރު) ނުވަތަ 2 ގަނޑު ތެތްމަސް
3... ގިތެޔޮ މިރުސް
4... އިންޗި އިގުރުކޮޅެއް
4... ލޮނުމެދު
ހިކަނދިފަތް، ކޮޕީފަތް ...2
3... ލުނބޯ
3... ފިޔާ
ތެޔޮ
2/1... ކާށީގެ ހުނި
ލޮނު
ތައްޔާރުކުރާނެ ގޮތް
ހަނޑޫކޮޅު ނުވަތަ މުގުކޮޅު ދައިމަތީގައި ހިމުންކޮށްލައްވާށެވެ. މަސް ވެސް ރަގަޅަށް ހިމުން ކުރައްވާފައި ބަހައްޓަވާށެވެ. އެހެން ހުރިހާ އެއްޗެއް އިގުރާއި، ލޮނުމެދު ފިޔަވައި ކޮއްޓަވާށެވެ. ލޮނުމެދާ އިގުރު ދައިމަތީ ޗިސްކުރައްވާށެވެ. ދެން މި ހުރިހާ އެއްޗެއް މަހާއި، ހުނި ފިޔަވައި ރަގަޅަށް ފިޔާކޮޅު މަޑުވަންދެން މޮޑުއްވާށެވެ. ހުތާ، ލޮނު ލައްވަން ހަނދުމަފުޅު ބަހައްޓަވައްޗެވެ. ދެން މަހާއި ހުނި އެއްކުރައްވާ ކުޑަކުޑަ ރީނދޫކޮޅެއް ލައްވައިގެން މޮޑުއްވުމަށްފަހު ރަހަ ރަގަޅު ކުރައްވަށެވެ. މުގު ނުވަތަ ހަނޑޫ ފުއްކޮޅު އަޅުއްވައިގެން މޮޑުއްވާށެވެ. އެންމެ ފަހުން ކޮޕީފަތްކޮޅު އަޅުއްވާށެވެ. ކޮޕީފަތްކޮޅު އެއްކޮށްލައްވާށެވެ. ނަމަވެސް މޮޑުއްވުން ރަގަޅެއް ނުވާނެ އެވެ. ދެން ކަވާބު ގޮތަށް ހައްދަވާ ނިމުމުން ތެލުލައްވާށެވެ
ރެސިޕީ ދިފޫޑްސް އިން.