ބޭނުންވާ ތަކެތި

1... ކިލޯ ކުކުޅު

2... ފޮތި އިނގުރު

2... މޭޒުމަތީ ސަމުސާ ޒައިތޫނިތެޔޮ

1... ބޮޑުފިޔާ

3... ލީކްސް ފަތް

1... ބޮޑުމިރުސް

ކުޑަ ފުއްކޮޅެއް

6... ކަނަމަދު

ލޮނާއި އަސޭމިރުސް

1... މޭޒުމަތީ ސަމުސާ ސޯޔާސޯސް

2... މޭޒުމަތީ ސަމުސާ އަޖްނަމޯޓޯ

1... ޕެކެޓް (200 ގްރާމް) ނޫޑްލްސް (ކައްކާފައި ހުރި)

ތައްޔާރުކުރާނެ ގޮތް

ކުކުޅު ތެއްޔަކަށް ލައްވާ 8 ޖޯޑު ފެން އެއަށް އެޅުއްވުމަށްފަހު އިގުރުކޮޅު ކުދިކޮށް ކޮއްޓަވާފައި އަޅުއްވާށެވެ. އެއަށްފަހު ކުކުޅު މަސް މަޑުވަންދެން ކައްކަވާށޭވެ. ދެން ކުކުޅު ނަންގަވާފައި މަސްތައް ދިގުފޮތި ފޮއްޗަށް ކޮއްޓަވާށެވެ. އެއަށްފަހު، ކަށިތައް އަޅުއްވައިގެން، 3 ޖޯޑު ފެނަށް ވަންދެން ކައްކަވާށެވެ. ރަގަޅަށް ފުރާނުއްވާފައި އެއް ކައިރީގައި ބަހައްޓަވާށެވެ. ދެން އެހެން ތެއްޔެއްގައި ފިޔާކޮޅު މަޑުވަންދެން އާވިން ކައްކަވާށޭވެ. ދެން ލީކްސްކޮޅު އަޅުއްވައިގެން އަނެއްކާ ވެސް ކައްކަވާށެވެ. މީގެ ތެރެއަށް 2 ޖޯޑު ކުކުޅު ފެން އަލުއްވައިގެން އިތުރަށް 5 މިނިޓް ވަންދެން ކައްކަވާށެވެ. މީގެ ތެރެއަށް ކޮއްޓަވާފައި ހުރި ބޮޑުމިރުހާއި، ޗިސްކޮށްލާފައި ހުރި ކަނަމަދުކޮޅު އަޅުއްވާށެވެ. ދެން ސޯޔާސޯސް އާ ފުއްކޮޅު ރަގަޅަށް އަޅުއްވާ، ރަގަޅަށް އެއްކުރެއްވުމަށްފަހު، އަނެއް ޖޯޑު ކުކުޅު ފެނާއި އެއްކުރައްވާ އުދުންމަތީގައި ހުރި ތެއްޔަށް އަޅުއްވާށެވެ. އެންމެ ފަހުން ލޮނާއި އަސޭމިރުސް އަޖްނަމޯޓޯ އަދި ކުކުޅު މަސްކޮޅު އަޅުއްވައިގެން 2 މިނިޓެއްހާއިރު ކައްކަވާށެވެ. އެއަށްފަހު، ކައްކާފައި ހުރި ނޫޑްލްސްގެ މައްޗަށް އަޅުއްއވައިގެން ފަރިއްކުޅުއްވާށެވެ

ރެސިޕީ ދިފޫޑްސް އިން.