ބޭނުންވާ ތަކެތި ސަތޭކަ ގްރާމް ވައިޓް ޗޮކޮލެޓް ( ކޮށާފައި) ސަތޭކަ ފަންސަވިސް ގްރާމް. ބަޓަރ 2 /1 ޖޯޑު މުގުރި ހަކުރު 2 ބިސް 2 / 1 1 ސެލްފްރެއިޒިން ފްލަރ ( ފުރާނާފައި) 2 / 1 ޖޯޑު ދިޔާކިރު 450 ގ. ޕެއަރ ދަޅު އައިސިންގއަށް ބޭނުންވާ 4 /1 ޖޯޑު އައިސިންގ ޝުގަރ 20 ގ. ބަޓަރ 2 ސައިސަމުސާ ފެން ތައްޔާރުކުރާނެ ގޮތް ތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާލާށެވެ. ދެން ޗޮކޮލެޓްކޮޅު ބޯލަކަށް އަޅާފައި ފެން އެތި މަތީގައި ބަހައްޓައިގެން ދިޔާކޮށްފައި އުނދުންމަތިން ބާލާށެވެ. ކްރީމް ، ބަޓަރ، އަދި ހަކުރު އައިސިން ގޝުގަރ އެއްކޮށް ރަނގަޅަށް އޮމާންވަންދެން ގިރާފައި ބިހުގެ ގޮބޮޅި އެއާއި އެއްކޮށްފައި ދިޔާކޮށްފައި ހުރި ޗޮކޮލެޓްކޮޅުވެސް އެއްކޮށްފައި އޮމާން ވަންދެން ގިރާލާށެވެ. ކޭކް ފިހޭތަށް ޓަށް ކޭކްފުށް ގަނޑު ގެ އެއްބައި އޅާފައި މަތީގައި ޕެއރ ފޮތިފޮތި ކޮށްފައި އަތުރާލާފައި ފުށްގަނޑުގެ އަނެއްބައި އޭގެ މައްޗަށް އަޅާފައި އަވަނުން ފިހެލާށެވެ. ދެން ޕެއަރ ދަޅުގެ ޖޫސް ، ފެން ފޮދުވެސް އެއްކޮށްފައި އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ހޫނުކޮށްފައި ބަޓަރާއި އައިސިންގ އެއްކޮށްފައި އޮމާންވަންދެން ގިރާލާފައި ކޭކް މަތީގައި ހާކާލާށެވެ
ރެސިޕީ ދިފޫޑްސް އިން.