ބޭނުންވާ ތަކެތި 2... ޖޯޑު ބަތް ލޮނުނުލާ ތެޔޮ ނުލާ ކައްކާފައިހުރި ބްރައުން ރައިސް 1... ޖޯޑު ހުންނަހާ ހިމުންކޮށް ކޮށާފައިހުރި ޕެޝަން ފުރުޓްފަތް 2... ހިކަނދިފަތް 1... ލޮނުމެދު ( ގާނާފައިހުރި) 2 /1... ސައިސަމުސާ އިނގުރު ( ގާނފާއިހުރި) 1... ފަޅި ފިޔާ ( ހިމުންކޮށް ކޮށާފައިހުރި) 2 /1... ޖޯޑު ހިމުންކޮށް ކޮށާފައިހުރި ފަރުމަސް 2... ފެހި ތޮޅި މިރުސް ( ހަނިކޮށް ފަޅިފަޅިކޮށްފައިހުރި) ލޮނުކޮޅެއް ކުޑަ ސަން ފްލާވަރއޮއިލްފޮދެއް ތައްޔާރުކުރާނެ ގޮތް ފުރަތަމަ ތަވާ އުނދުންމައްޗަށް އުއްދަވާފައި ކުޑަ ތެޔޮފޮދެއް އަޅުއްވާފައި ހޫނުވީމާ ފިޔާ ، މިރުސް އަދި ހިކަނދިފަތް އެއްކޮށް އަޅުއްވާފައި ފިޔާކޮޅު މޯޅިވަންދެން މަޑުގިނީގައި ދޭފަތުން ހައްލަވަމުން ގެންދަވާށެވެ. ފިޔާކޮޅު މޯޅިވީމާ ބަތް ފިޔަވައި ބާކީހުރި ހުރިހާބާވަތް އެއްކުރައްވާފައި ރޯފިލުމުން ބަތް ކޮޅު އެއްކޮށްލައްވާށެވެ
ރެސިޕީ ދިފޫޑްސް އިން.