ބޭނުންވާ ތަކެތި 1... ޖޯޑު ގާނާފައިހުރި ރޯމާޅޮސްކެޔޮ 1... ޖޯޑު ކައްކާފައިހުރި ބްރައުން ރައިސް ( ލޮނާއި ތެޔޮނުލާ ކައްކާފައިހުރި) 1... ފަޅި ފިޔާ ( ހިމުންކޮށް ކޮށާފައި) 2... ހިކަނދިފަތް 2... ފެހިތޮޅި މިރުސް (ހަނިކޮށް ފަޅިފަޅިކޮށްފައި) 4 /1... ސައިސަމުސާ މުގުރި އަސޭމިރުސް 1... ލޮނުމެދު ( ގާނާފައި) ކުޑަ ލޮނުކޮޅެއް ކުޑަ ޒައިތޫނި ތެޔޮ ފޮދެއް ތައްޔާރުކުރާނެ ގޮތް ތަވާ އުނދުންމައްޗަށް އުއްދަވާފައި ކުޑަ ތެޔޮ ފޮދެއް އަޅުއްވާފައި ހޫނުވީމާ ފިޔާ ، ކެޔޮ، މިރުސް އެއްކޮށް އަޅުއްވާފައ ކެޔޮކޮޅު ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހައްލަވަމުން ގެންދަވާށެވެ. ރޯފިލުމުން ބާކީހުރި ހުރިހާބާވަތް އެއްކުރައްވާފައި ރަހަހިފާވަރުވީމާ އުނދުންމަތިން ބާލުއްވާށެވެ. ލައިޓް ސްޕައިސީ ބޭކްޑް ފިޝްކޮޅަކާއި ލޭޑީސް ފިންގަރ ވިތް ޑާލްކަރީކޮޅަކާއި އެކު ފަރިއްކުޅުއްވާށެވެ

ރެސިޕީ ދިފޫޑްސް އިން.