ބޭނުންވާ ތަކެތި

12... ޖޯޑު ބާސްމަތީ ބަތް ރާނބާ ފަތް ލޮނު 4... ސައިސަމުސާ ދިރި (ދޮވެ ހިއްކާފައި) 4... ޖޯޑު ބޯކިރު 4... ފިޔާ

ތައްޔާރުކުރާނެ ގޮތް ހަނޑޫތައް ރީއްޗަށް ދޮވެލާފައި 20 ޖޯޑު ފެން، ލޮނު، ރާނބާފަތް ލައިގެން ކައްކާށެވެ. ދެބައި ހަމައަށް ކެއްކުނީމާ 4 ޖޯޑު ބޯކިރު ތެރެއަށް ދިރި އާއި ފިޔާ ކޮށާފައި އަޅާ ބަތުގެ ތެރެއަށް އޮއްސާލާ ކުޑަކޮށް ހަލާލާށެވެ. އެންމެ ރަނގަޅު ގޮތަކީ ދިރިފިޔާ ބޯކިރު ތެރެއަށް ރަހަ ނިކުންނަހާއިރު ބަހައްޓާފައި ބޭނުން ކުރުމެވެ. ގާތްގަނޑަކަށް 3 ގަޑިއިރު ރަނގަޅުވާނެ އެވެ. ބަތްތަވާ ހިނދެން ފެށީމާ އަދި އެއް ފަހަރު ހަލާލާފައި މަތި ޖަހާލާށެވެ. ރަނގަޅަށް ކިރު ހިނދުނީމާ އުނދުން ނިއްވާލާފައި މަތި ޖަހާފައި ބަހައްޓާށެވެ

ރެސިޕީ ދިފޫޑްސް އިން.