މި ސްވީޓް އެން ސަވަރ ފިޝް އަކީ ދިފޫޑްސްގެ ރެސިޕީއެކެވެ.
ބޭނުންވާނީ ޗިލީ ފިޝްގެ ސައިޒަށް ކޮށާ ތެލުލާފައިވާ ރޯމަސް 2 ޖޯޑު، ބޮޑުކޮށް ކޮށާފައިވާ ފިޔާ 2، ކަރުނަގާ ކޮށާފައިވާ ކެޕްސިކަމް 2، ކޮށާފައިވާ ފަޅި ބެލް ޕެޕަރ 1، ކޮށާފައިވާ ފޮތި އަލަނާސި 2، ކޯން ފްލަރ ސައި ސަމުސާ 1، ހަކުރު ސައި ސަމުސާ 2/1، ހިމުންކޮށް ކޮށާފައިވާ ލޮނުމެދު 2، ވަރަށް ހިމުންކޮށް ކޮށާފައިވާ އިނގުރު ސައި ސަމުސާ 1، މުގުރި އަސޭމިރުސް ސައި ސަމުސާ 3/1، އަޖިނަމޮޓޯ ސައި ސަމުސާ 1، ޗިލީ އެން ގާލިކް ސޯސް ޖޯޑު 2/1، ޓޮމާޓޯ ސޯސް ޖޯޑު 2/1، މުގުރި އަސޭމިރުސް ސައި ސަމުސާ 4/1، ލޮނުކޮޅެއް، އަދި ތެޔޮފޮދެއް.
ތަވާ ހޫނުކޮށް ކުޑަ ތެޔޮފޮދެއް އަޅާލާށެވެ. ތެޔޮ ހޫނުވީމާ ފިޔާއާއި ކެޕްސިކަމް އަޅާލާ، ކުޑަކޮށް މޯޅިވަންދެން ހަލަމުންދާށެވެ. ދެން ބެލް ޕެޕަރާއި އަލަނާސިއާއި ތެލުލާފައިވާ މަސް އަޅާލާށެވެ. އަލަނާސި ކުޑަކޮށް ވަޅޯވެލީމާ ބާކީ ހުރި ބާވަތްތައް އެއްޗެއް އެއްޗެއް އަޅާލާށެވެ. ކޯން ފްލަރާއި ހަކުރު ކިރިޔާރޯފިލާވަރުގެ ފެންފޮދެއްގައި ގިރާލާ އަޅާލާށެވެ. ސޯސް ރަހަހިފިމާ އުނދުން މަތިން ބާލާށެވެ.
ރެސިޕީ ދިފޫޑްސް އިން.