ބޭނުންވާ ތަކެތި
4-5... ކިލޯ ކުކުޅު (ކައްޓާއެކު ކޮށާފައި) 9... އައުންސް ގިތެޔޮ 50... އާމަންޑް ނަޓްސް / ކަނަމަދު / ކެޖޫނަޓްސް 9... ފިޔާ 6... ލޮނުމެދު 3... އިންޗި އިނގުރު 20... ކަރަންފޫ 6... ބުރި ފޮނިތޮށި 12... ކަފުރުތޮޅި 1... ޖޯޑު ޔޯގަޓް 2/1 1... ސައިސަމުސާ ރީނދޫ 6... ސައިސަމުސާ ލޮނު 2/1... 10 ޖޯޑު ފެން، 10 ޗިކަން ކިއުބް އެއްކޮށްފައި 2/1... 2 ކިލޯ ބާސްމަތީ ހަނޑޫ 2... ގިތެޔޮ މިރުސް (ބޭނުންނަމަ)
ތައްޔާރުކުރާނެ ގޮތް ކުކުޅު ކޮށާ ދޮވެ ހަނޑޫ ވެސް ދޮވެ އެއްޗެއްގައި އަތުރާފައި ބަހައްޓާށެވެ. ފިޔާ ވެސް ކޮށަ ލޮނުމެދު އިނގުރު ވެސް ޗިސްކުރާށެވެ. ދެން ގިތެޔޮ ތަވާ / ތެއްޔެއްގައި ހޫނުކޮށްފައި ފުރަތަމަ އާމަންޑްސް ތެލުލާށެވެ. ދެތިން މިނެޓަށެވެ. ދެން ފިޔާގެ ދެބައިކުޅަ އެއްބައި ތެލުލާ ރަތްވީމާ ނަގާ އާމަންޑާ ވަކިން ތެޔޮ ކަރުދާހުގައި ބަހައްޓާށެވެ. ދެން ހުރި ފިޔާ ގިތެޔޮ ތެރެއަށް އަޅާ ޔޯގަޓް ބިރިޔާނި ހަވާދު އަދި ރީނދޫ އަޅާށެވެ. ރަނގަޅަށް ހުރިހާ އެއްޗެއް ރަތްވީމާ ހަނޑޫ އެތި ދެތިން ފަހަރު މަތިން އަޅާ އެއްކޮށްލާށެވެ. ބޭނުންނަމަ، ހުރިހާ ގިތެޔޮ މިރުސް އަދި ހައެއްކަ ބުރި ރާނބާ ފަތް އެއްކޮށްލާފައި ފެނާ ލޮނު އަޅާށެވެ. 15 މިނެޓް ވަންދެން ކައްކާފައި ގިނި މަޑުކުރާށެވެ. ދެތިން މިނެޓް ފަހުން ނިއްވާލާފައި އެކަމަކު މަތިޖަހާފައި ބަހައްޓާށެވެ. އާވިން މަޑުވެ ރަނގަޅަށް ފެން ހިންދާށެވެ. ދެން ރީތި އޯވަލްޝޭޕް (ކުކުޅުބިސް ބުރު) ތައްޓަކަށް އަޅާފައި މައްޗަށް ފިޔަ އާއި ނަޓްސް އަޅާ ރީތި ކުރެވިދާނެ އެވެ. އަދި ބިސް ފެނު ކައްކާފައި ފޮތިފޮތި ކޮށްފައި ވެސް ވަށައިގެން އަތުރާ ރަތް ބޮޑު މިރުހެއް ކޮށާފައި ބިސްތައް ދޭތެރޭގައި އެތުރީމާ ވަރަށް ބަލާލަން ރީތިވާނެ އެވެ. އަދި ކުޑަކުދިން ވެސް ކާހިތްވާނެ އެވެ
ރެސިޕީ ދިފޫޑްސް އިން.