ބޭނުންވާ ތަކެތި

300... ގ. ހިކިމިރުސް ( ރާޅުކޮށް ތަޅާފައި) 100... ގ. ފިޔާ ( ހިމުންކޮށް ކޮށާފައި) 25... ގ. ލޮނުމެދު ( ކުދިކުދިކޮށް ކޮށާފައި) 1... ޖޯޑު މަސް ( ހަރުހިކިމަސް ( ހިމުންކޮށް މުގުރާފައި ހުރި) 2/1... ޖޯޑު ސޯޔާސޯސް 3/1... ޖޯޑު ހުންނަހާ ހަކުރު ލޮނުކޮޅެއް ތެޔޮފޮދެއްތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް ފުރަތަމަ ތަވާ އުދުންމައްޗަށް އުދާލާފައި ހޫނުވީމާ ފިޔާކޮޅާއި ލޮނުމެދު އަޅާފައި ފިޔާކޮޅު ރަތްވީމާ މިރުހާއި ލޮނު އަޅާފައި ރަނގަޅަށް ހަނާވީމާ ސޯޔާ ސޯހާއި ހަކުރު ކޮޅު އަޅާފައި މަޑުގިނީގައި ރަނގަޅަށް ހަނާކުރާށެވެ. • މިޕޭސްޓް ހަދާނީ ތަންކޮޅެއް ގިނައިން ތެޔޮ ބޭނުންކޮށްގެން! އެއީ ގިނަދުވަހު ބަހައްޓާ އެއްޗަކަށް ވާތީ

ރެސިޕީ ދިފޫޑްސް އިން.