ބޭނުންވާ ތަކެތި

3... ޖޯޑު ބަތް

2... ހިކަނދިފަތް

1... ފިޔާ ( ކޮށާފައި)

4/1... ފަޅި ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައިހުރި)

2... ލޮނުމެދު ( ގާނާފައި)

3... ބިސް ( ފެނުކައްކާފައި)

1... ސައިސަމުސާ އިނގުރު ( ގާނާފައި)

5... ރާނބާފަތްކޮޅު ( 2/1 އިންޗިއަށް ބުރި ބުރިކޮށްފައި ހުރި)

2/1... ޖޯޑު ޕްރޯންސް

2/1... ޖޯޑު ވައިޓް ފިޝް ( ކުދިކޮށް ކޮށާފައި)

2/1... ޖޯޑު ކަޓްލް ފިޝް ( ކުދިކޮށް ކޮށާފައި)

2/1... ޖޯޑު ހިކިމޭބިސްކަދުރު ( ހަނާކޮށްފައި ހުރި)

2/1... ޖޯޑު ކަނަމަދު ( ފަޅިކޮށްފައި)

1... ސައިސަމުސާ މުގުރި ދިރި

3/1... ސައި ސަމުސާ މުގުރި އަސޭމިރުސް

2/1... ސައި ސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި

2... މޭޒުމަތީ ސަމުސާ ހަނާކުރި ހަވާދު

1... މޭޒުމަތީ ސަމުސާ ގިތެޔޮ

2/1... ޖޯޑު ހަނާކޮށްފައި ހުރި ފިޔާ

2/1... ސައިސަމުސާ އަޖިނަމޮޓޯ

ލޮނުކޮޅެއ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ގިތެޔޮކޮޅާއި ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، މިރުސް، ރާނބާ، ހިކަނދި، ހިކިމޭބިސްކަދުރު،އަދި ކަނަމަދު އެއްކޮށް އަޅާލާފައި ކުޑަކޮށް ހަނާވީމާ ބަތާއި ތެލުލިފިޔާ ،ފެނުކެއްކި ބިސް ފިޔަވައި ،ފަހަރަކު ބާވަތެއް އަޅާލާފައި ރޯފިލުމުން ބަތް އެއްކޮށްފައި ރަހަ ހިފުމުން އުނދުން މަތިން ބާލާފައި ތަށްޓަށް އަޅާފައި ހަނާކުރި ފިޔާ ބަތުގެ މައްޗަށް ވިއްސާލާފައި ބިސް ފަޅި ފަޅިކޮށްފައި ބަތް ތަށި މަތީގައި އަތުރާލާފައި ސާރވް ކުރާށެވެ

ރެސިޕީ ދިފޫޑްސް އިން.