ބޭނުންވާ ތަކެތި
1... ކިލޯ ހިމުން ގެރިމަސް
4... ބޮޑު މިރުސް
2... ޓޮމާޓޯ
1... ގިތެޔޮ މިރުސް
4... ހިކިމިރުސް
3... ލުނބޯ
ލޮނު
4... އިންޗި އިނގުރު
6... ލޮނުމެދު
3... ފިޔާ
1... ސައިސަމުސާ މުގުރި އަސޭމިރުސް
4... ރޯމިރުސް
ހިކަނދިފަތް
މުގުރި ފާރޮށި
5... ޖޯޑު ފުއް
3... ބިސް
ފެންކިރު
ތެޔޮ
2/1... ސަމުސާ ހަވާދު
ތައްޔާރުކުރާނެ ގޮތް
ޖޯޑު ފުއް ތެރެއަށް ބިސް އެއްކުރެއްވުމަށްފަހު، ފެންކިރު އަޅުއްވައިގެން ފޮޅިއަށް ބޭނުންވާ އޮލަމިނަށް ގިރުއްވާށެވެ. އެއަށްފަހު، ތުނިތުނިކޮށް ފެންފޮޅި ފިހެފައި ބަހައްޓަވާށެވެ. ދެން އިގުރާއި، ލޮނުމެދު ޗިސްކުރައްވާ ކޮއްޓަވަންޖެހޭ ހުރިހާ އެއްޗެއް ކޮއްޓަވާށެވެ. އެކަމަކު ބޮޑުމިރުހާއި، ރޯމިރުސް ކޮއްޓަވާނީ ދިގަށް އޮށް ނަންގަވާފަ އެވެ. މިރުސް ކޮއްޓަވާނީ، ކުދިކުދި ކޮންނެވެ. ހުރިހާ އެއްޗެއް ތައްޔާރުވުމުން ފިޔާ، ހިކަނދިފަތް، ރާނބާފަތް، ތެޔޮކޮޅެއްގައި މީރު ކުރައްވާށެވެ. ފިޔާކޮޅު ރަތްވުމުން ޓޮމާޓޯ، ހުރިހާ މިރުސްތައް އަދި ހަވާދުކޮޅާ އަޅުއްވައިގެން 2 މިނިޓް ކައްކަވާލައްވާށެވެ. ދެން މީގެ ތެރެއަށް ގެރިމަސް އަޅުއްވައިގެން ރަގަޅަށް ރޯފިލަންދެން ހަލުއްވާށެވެ. ދެން ލޮނު، ބައިސަމުސާ ހަކުރު އަޅުއްވާ އެއްކޮށްލުމަށްފަހު އުދުންމަތިން ބާލުއްވާށެވެ. އެއަށްފަހު ލުނބޯހުތް ޖައްސަވާ ރަހަ އެއްވަރު ކުރައްވާށޭވެ. ދެން ކޮންމެ ފުޅިއެއްގެ ތެރެއަށް މީގެ މަސް އަޅުއްވާ ކީމިޔާ ނުވަތަ ރޯލްސް ހުންނަ ގޮތަށް ހައްދަވާށެވެ. ދެން އަނެއް 2 ބިސް ބީޓް ކުރައްވާ ރޯލްސްތަކުގައި ބިސް ހާއްކަވާ ފާރޮށި ލައްވާށެވެ
ރެސިޕީ ދިފޫޑްސް އިން.