ބޭނުންވާ ތަކެތި
1... ލާހި ރިހާކުރު
2/1// 2... ލާހި ހަނޑޫ
1... ބޮޑުކާށި ހުނި
4... ގިތެޔޮ މިރުސް
4... ލުނބޯ
3... ފިޔާ
ހިކަނދިފަތް، އިގުރުކޮޅެއް، ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ހަނޑޫ ފުދޭވަރަކަށް ރާޅުކޮށް ފުޑުއްވާށެވެ. ނުވަތަ ދަތިން މުގުރުއްވާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް ވެސް ވަރަށް ތުނިކޮށް ކޮއްޓެވުމަށްފަހު، ރިހާކުރު، ހުތް އަދި ލޮނުކޮޅެއް އަޅުއްވައިގެން 15 މިނިޓް ވަންދެން މޮޑުއްވަށެވެ. ރަގަޅަށް މޮޑެވުނީމާ ފިޔާތައް ހުންނާނީ ގާތްގަނޑަކަށް ޗިސްވެފަ އެވެ. ނޫންނަމަ، ވަރަށް ތުނިވެފަ އެވެ. ދެން ހުންޏާ މުގުރާފައި ހުރި ފުއް އަޅުއްވައިގެން ރަގަޅަށް އެއްކުރެއްވުމަށްފަހު ރަހަތައް ރަނގަޅު ކުރައްވާށެވެ. ތެއްޔެއްގައި ރަގަޅަށް ތެޔޮ ހާއްކަވާފައި ބޯކިބާގެ ފުއްގަނޑު އޮއްސަވާށެވެ. ދެން މަތި އަންދަވައިގެން ރަގަޅަށް ފިއްސަވާނީ އެވެ. ބޯކިބާ ކަހަލަ ފޮނިކާ އެއްޗެއްސަކީ އަބަދު ވެސް އެއް ދުވަސް ކުރިން ހެއްދެވުމުން މީރުކަން ގެނެސްދޭ އެއްޗިއްސެވެ. ނޫންނަމަ، ހަވީރަށް ބޭނުންވާ އެއްޗެހި މެންދުރު ކުރިން ހައްދަވާށެވެ.
ނޯޓް: ހަމަ މިގޮތަށް ބިންމި ފަތަފޮޅި ނުވަތަ ބިންބި ބޯކިބާ ވެސް ހެއްދެވިދާނެ އެވެ. ހަޑުލު ފުށުގެ ބަދަލުގައި ބިންބި ފުއް ލައްވާށެވެ. އަދި ފަތަފޮޅި ނަމަ، ކެޔޮފަތުގައި ނުވަތަ ދިއްގާ ފަތުގައި ޖައްސަވައިގެން ފިއްސަވާށެވެ
ރެސިޕީ ދިފޫޑްސް އިން.