ބޭނުންވާ ތަކެތި
3... އަލުވި
2... ޖޯޑު ކިރު
1... މޭޒުމަތީ ސަމުސާ މާޖެރިން ނުވަތަ ބަޓަރު
1... ކުޑަ ފިޔާ
1... މޭޒުމަތީ ސަމުސާ ޒައިތޫނިތެޔޮ
ތައްޔާރުކުރާނެ ގޮތް
ފިޔާ ކޮއްޓަވާފައި ތެޔޮކޮޅުގައި މީރުކުރައްވާށެވެ. ފިޔާކޮޅު މީރުކުރައްވަމުންދާއިރު އަލުވިކޮޅު މަޑުކުރައްވާ ކިރުފޮދު ވެސް ހޫނުކުރައްވާށެވެ. އަލުވި މަޑުވުމުން ރަނގަޅަށް ޗިސް ކުރައްވާފައި އޭގެ ތެރެއަށް ކިރުފޮދު އަޅުއްވާށެވެ. މި ދޭތި ރަގަޅަށް އެއްވުމުން އޭގެ ތެރެއަށް ލޮނާއި، އަސޭމިރުހާއި އަދި މީރު ކުރެއްވި ފިޔާކޮޅު ވެސް އަޅުއްވާށެވެ. ސުރުވާ މާ އޮލަކަމަށް ވަންޏާ އިތުރު ކިރުފޮދެއް ނުވަތަ ފެންޖޯޑެއް އަޅުއްވައިގެން 10 މިނިޓް ވަންދެން ކައްކަވާށެވެ. މިހާ އެއްޗެހިން 2 މީހުންނަށް ފުދޭނެ އެވެ
ރެސިޕީ ދިފޫޑްސް އިން.