ބޭނުންވާ ތަކެތި 2... ޖޯޑު ބަތް (ލޮނާއި ތެޔޮ ނުލާ ކައްކާފައިހުރި ބްރައުން ރައިސް) 1... ފަޅި ފިޔާ ( ހިމުންކޮށް ކޮށާފައި) 2 /1... ޖޯޑު ސްވީޓް ކޯން 2 /1... ޖޯޑު ( ހިމުންކޮށް ކޮށާފައިހުރި ބޯން ލެސް ޗިކަން 1... ލޮނުމެދު ( ހަނިކޮށް ފަޅިފަޅިކޮށްފައި) 2 /1... ސައިސަމުސާ އިނގުރު ( ހިމުންކޮށް ކޮށާފައިހުރި) 1... ހިކަނދިފަތް 3 /1... ސައިސަމުސާ އަޖިނަމޮޓޮ 2... ފެހި ތޮޅި މިރުސް ( ހަނިކޮށް ފަޅި ފަޅިކޮށް ފައި) ސަން ފްލާވަރަ އޮއިލްފޮދެއް ލޮނުކޮޅެއް ތައްޔާރުކުރާނެ ގޮތް ތަވާ އުނދުން މައްޗަށް އުއްދަވާފައި ކުޑަ ތެޔޮ ފޮދެއް އަޅުއްވާފައި ހޫނުވީމާ ފިޔާކޮޅާއި ހިކަނދިފަތް މިރުސް އަދި މަސްކޮޅު އަޅުއްވާފައި މަސްކޮޅު ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހައްލަވަމުން ގެން ދަވާށެވެ. މަސްކޮޅު ރޯފިލުމުން ބާކީހުރި ހުރިހާބާވަތް އެއްކޮށް އަޅުއްވާފައި ރަހަހިފާވަރު ވީމާ އުނދުންމަތިން ބާލުއްވާށެވެ
ރެސިޕީ ދިފޫޑްސް އިން.