ބޭނުންވާ ތަކެތި

1... ޕެކެޓް ނޫޑްލްސް ކައްކާފައި 1... ފިޔާ ( ކޮށާފައި) 1... ޖޯޑު ކޮށާފައިހުރި ( ލީކްސް ގްރީން ބީންސް ކެޕްސިކަމް) 1... މޭޒުމަތީ ސަމުސާ ވިނިގަރ 3... ފޮތިމަސް ( ތުނިކޮށް ފޮތިކޮށްފައި) 2 /1... ސައިސަމުސާ މުގުރި އަސޭމިރުސް 1... ރޯމިރުސް ( ހިމުންކޮށް ކޮށާފައި) 3 /1... ސައިސަމުސާ އަޖިނަމޮޓޯ 1... ފަޅި ލުނބޯ 1... މޭޒުމަތީ ސަމުސާ ސޯޔާސޯސް 2 /1... ސައިސަމުސާ މުގުރި މިރުސް ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް ލުނބޯހުތް ލޮނު ، އަސޭމިރުސް،މުގުރިމިރުސްއަދި ސޯޔާސޯސް އެއްކޮށްމޮޑެލާފައި މަސްފޮތިތަކުގައި ހާކާފައި ބަހައްޓާށެވެ. ދެން ތަވާއުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ މަސްފޮތިތައް ތަވާތެރޭގައި އަތުރާފައި ދެފުށް ދެފުށަށް ޖަހަމުން ފިހެލާށެވެ. ދެން ވަކި ތަވާއެއްއުނދުނަމއްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ،މިރުސް އަދި ތަރުކާރީކޮޅު އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމާ ނޫޑްލްސްކޮޅު އެއްކޮށްފައި ތަށްޓަށް އަޅާފައި މަސްފޮތިތައް ތަށީގައި އަތުރާލާފައި ޗިލީ އެން ގާރލިކް ސޯސް އާއި އެކު ސާރވް ކުރާށެވެ

ރެސިޕީ ދިފޫޑްސް އިން.