އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2027 ވަނަ އަހަރުގެ ބަޖެޓު ކަމަށް 133.59 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއީ އެ އޮފީހަށް މިއަހަރަށް ފާސްކުރި 134.29 މިލިއަން ރުފިޔާއަށްވުރެ 1 ޕަސެންޓް ދަށް އަދަދެކެވެ.
ބަޖެޓާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު، އޮކްޓޫބަރު 20 ގައި މަޖިލީހުން ފާސްކުރީ 46 ވޯޓުންނެވެ. ދެކޮޅަށް ވޯޓެއް ނުލިބުނުއިރު، ވޯޓުނުދީ ހުރި މެންބަރެއްވެސް ނެތެވެ. ޖަލްސާގައި 68 މެންބަރުން ތިއްބެވިއެވެ.
ފައިސާ ހޭދަކުރާ ގޮތް
ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ރިކަރަންޓް ޚަރަދު 4 ޕަސެންޓް ދަށްވެ 85.85 މިލިއަން ރުފިޔާއަށް ދާއިރު، ކެޕިޓަލް ޚަރަދު 7 ޕަސެންޓް އިތުރުވެ 47.74 މިލިއަން ރުފިޔާއަށް އަރައެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް: 55.84 މިލިއަން ރުފިޔާ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަޝްރޫޢުތައް: 43.5 މިލިއަން ރުފިޔާ
އިދާރާ ހިންގުމުގެ ޚަރަދު: 19.85 މިލިއަން ރުފިޔާ
ދަތުރުފަތުރު: 10.65 މިލިއަން ރުފިޔާ
ޕެންޝަނާއި ރިޓަޔަރމަންޓް ފައިދާ: 2.16 މިލިއަން ރުފިޔާ
އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް: 981,000 ރުފިޔާ
މުވައްޒަފުންގެ ތަމްރީނު: 611,211 ރުފިޔާ
ކެޕިޓަލް ޚަރަދުގެ ތެރެއިން، ސާމާނު ގަތުމަށް ކަނޑައަޅާފައިވާ އަދަދު 38 ޕަސެންޓް އިތުރުވެ 4.24 މިލިއަން ރުފިޔާއަށް އަރައެވެ.