އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަޝިޕް ސްކީމްގެ ދަށުން، 51 ދާއިރާއަކުން 955 ފުރުސަތަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ސްކޮލަޝިޕްތައް ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، ކައުންސެލިން، ސައިކޮލޮޖީ، ފާމަސީ އަދި އޮޕްޓޯމެޓްރީ ހިމެނެއެވެ.
ކޯސްތައް ކުރިއަށް ގެންދަނީ މާސްޓާސް، ޑިގްރީ އަދި ޑިޕްލޮމާ ފެންވަރަށެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ކިޔެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ސްކޮލަޝިޕަށް އެދެން ޖެހެނީ މިނިސްޓްރީގެ ޕޯޓަލް kuri.gov.mv މެދުވެރިކޮށެވެ. ފުރުސަތު ބަންދުވާނީ ޑިސެމްބަރު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައެވެ.
މި ސްކީމް ފެށީ، ފާއިތުވި އަހަރު އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އަދި ގައުމީ ޔުނިވާސިޓީ ގުޅިގެން ހުށަހެޅި ހުށަހެޅުމެއްގެ ދަށުންނެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެލައިޑް ހެލްތުގެ 1,500 މީހުން ތަމްރީނުކުރުމަށާއި، އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކަށް އިސްކަންދިނުމަށެވެ.