ބޭނުންވާ ތަކެތި
30... ޖޯޑު ފާރޮށި
2... ޖޯޑު ހަކުރު
2... ބިސް
މާފެން، ފިނިފެން
1... ކާށިކިރު
ތައްޔާރުކުރާނެ ގޮތް
ފާރޮށި ހިމުންކޮށް މުގުރުއްވާށެވެ. ދެން ބިހާ، ހަކުރާ، ފާރޮއްޓާ ރަގަޅަށް އެއްކުރެއްވުމަށްފަހު، މާފެން، ފިނިފެން (2 ސަމުސާ) އަދި ކިރު އަޅުއްވައިގެން ގިރުއްވާށެވެ. އަތް ގަންބާފައި ނަންގަވާއިރު، އަތުގައި އެއްވެސް ގޮތަކަށް ފާރޮށީގެ އަސަރު ހުރެގެން ނުވާނެ އެވެ. އަދި ކުޑަ ވެނީލާ އެސެންސް ކޮޅެއް (1 މަތިގަނޑު) އެޅުއްވިއްޔާ ރަހަ ބޮޑަށް މީރުވާނެ އެވެ. ތެއްޔެއްގައި ނުވަތަ ކޭކު ފިހާ ތަބަކެއްގައި ތެޔޮ ރަގަޅަށް ލެއްވުމަށްފަހު، ފުއްގަނޑު އެއަށް އަޅުއްވާ މަތި އަންދަވައިގެން ނުވަތަ ކަރަންޓް އުދުނުގައި ފިއްސަވާށެވެ
ރެސިޕީ ދިފޫޑްސް އިން.