20 އޮކްޓޫބަރު، އަންގާރަ ދުވަހު ނެރުނު އިޖުރާއީ ނިންމުމެއްގައި، ތިން ފަނޑިޔާރުންގެ ބެންޗުން އަމުރުކުރީ، 2024/HC-A/27 ނަންބަރުގެ މި އިސްތިއުނާފު ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލަ ހުށަހެޅީ ބާރުގެ ކައިރީގައި ދިރިއުޅޭ ފަސް މީހަކު ގުޅިގެންނެވެ. އިންޖީނުތަކުގެ އަޑާއި ދުމުގެ ސަބަބުން، ސާފު އަދި ދުޅަހެޔޮ މާހައުލެއް ލިބުމުގެ ގާނޫނީ ހައްގު ގެއްލޭ ކަމަށް އެމީހުން ބުނެއެވެ. 3046/Cv-C/2021 ނަންބަރުގެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ އެމީހުންނާ ދެކޮޅަށް ކަމުން، އެ ނިންމުން ހައިކޯޓަށް އިސްތިއުނާފުކުރީއެވެ.

އިސްތިއުނާފު ފޯމުގައި، އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް، މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބަޔާންކޮށްފައި ނުވާތީ، މައްސަލަ ބާތިލުކޮށްދިނުމަށް ސްޓެލްކޯއިން އެދުނެވެ. އަދި ޝަރީއަތުގެ ޚަރަދާއި ވަކީލުގެ ފީ ވެސް ރައްޔިތުންގެ އަތުން ނަގައިދިނުމަށް އެދުނެވެ.

ހައިކޯޓުން ބެލިބެލުމުގައި، އެދޭ ގޮތް ފުރަތަމަ ހުށަހެޅި ފޯމުގައާއި ފަހުން އިސްލާހުކުރި ފޯމުގައި ވެސް ބަޔާންކޮށްފައިވާ ކަމަށާއި، ލިޔުމުގެ ކުޑަ ކުށެއް ރަނގަޅުކުރުމަށް ދެ ސަފުހާ އަލުން ހުށަހެޅިއިރު، އެ މަޢުލޫމާތު ހިމެނޭ ސަފުހާ އުނިވެފައިވާ ކަމަށް ފާހަގަކުރިއެވެ. އެ ސަފުހާ އުނިވުމުގައި، ފޯމު ބަލައިގަތުމުގައި ކޯޓުގެ އިދާރީ އިހުމާލެއް ވެސް ހުރި ކަމަށާއި، މިފަދަ އުނިކަމެއްގެ ސަބަބުން މައްސަލަ ބޭރުކޮށްލުމަކީ އިންސާފު ގެއްލިގެންދާނެ ކަމެއް ކަމަށް ކޯޓުން ބުނެއެވެ.

ފަނޑިޔާރު އަބްދުލްމާނިއު ހުސައިން، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ބެންޗުން ނިންމެވީ، ރައްޔިތުން އެންމެ ފުރަތަމަ ހުށަހެޅި ފޯމުގައިވާ އެދޭ ގޮތުގެ މައްޗަށް އިސްތިއުނާފު ކުރިއަށް ގެންދިއުމަށެވެ.ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބާރުގޭގެ އިންޖީނުތަކުން އަރާ އަޑާއި ދުމުގެ ސަބަބުން، ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ މާލޭގެ ރައްޔިތުން ހުށަހެޅި އިސްތިއުނާފު ބާތިލުކޮށްދިނުމަށް ސްޓެލްކޯއިން އެދުނު އެދުމަށް ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.

20 އޮކްޓޫބަރު، އަންގާރަ ދުވަހު ނެރުނު އިޖުރާއީ ނިންމުމެއްގައި، ތިން ފަނޑިޔާރުންގެ ބެންޗުން އަމުރުކުރީ، 2024/HC-A/27 ނަންބަރުގެ މި އިސްތިއުނާފު ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލަ ހުށަހެޅީ ބާރުގެ ކައިރީގައި ދިރިއުޅޭ ފަސް މީހަކު ގުޅިގެންނެވެ. އިންޖީނުތަކުގެ އަޑާއި ދުމުގެ ސަބަބުން، ސާފު އަދި ދުޅަހެޔޮ މާހައުލެއް ލިބުމުގެ ގާނޫނީ ހައްގު ގެއްލޭ ކަމަށް އެމީހުން ބުނެއެވެ. 3046/Cv-C/2021 ނަންބަރުގެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ އެމީހުންނާ ދެކޮޅަށް ކަމުން، އެ ނިންމުން ހައިކޯޓަށް އިސްތިއުނާފުކުރީއެވެ.

އިސްތިއުނާފު ފޯމުގައި، އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް، މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބަޔާންކޮށްފައި ނުވާތީ، މައްސަލަ ބާތިލުކޮށްދިނުމަށް ސްޓެލްކޯއިން އެދުނެވެ. އަދި ޝަރީއަތުގެ ޚަރަދާއި ވަކީލުގެ ފީ ވެސް ރައްޔިތުންގެ އަތުން ނަގައިދިނުމަށް އެދުނެވެ.

ހައިކޯޓުން ބެލިބެލުމުގައި، އެދޭ ގޮތް ފުރަތަމަ ހުށަހެޅި ފޯމުގައާއި ފަހުން އިސްލާހުކުރި ފޯމުގައި ވެސް ބަޔާންކޮށްފައިވާ ކަމަށާއި، ލިޔުމުގެ ކުޑަ ކުށެއް ރަނގަޅުކުރުމަށް ދެ ސަފުހާ އަލުން ހުށަހެޅިއިރު، އެ މަޢުލޫމާތު ހިމެނޭ ސަފުހާ އުނިވެފައިވާ ކަމަށް ފާހަގަކުރިއެވެ. އެ ސަފުހާ އުނިވުމުގައި، ފޯމު ބަލައިގަތުމުގައި ކޯޓުގެ އިދާރީ އިހުމާލެއް ވެސް ހުރި ކަމަށާއި، މިފަދަ އުނިކަމެއްގެ ސަބަބުން މައްސަލަ ބޭރުކޮށްލުމަކީ އިންސާފު ގެއްލިގެންދާނެ ކަމެއް ކަމަށް ކޯޓުން ބުނެއެވެ.

ފަނޑިޔާރު އަބްދުލްމާނިއު ހުސައިން، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ބެންޗުން ނިންމެވީ، ރައްޔިތުން އެންމެ ފުރަތަމަ ހުށަހެޅި ފޯމުގައިވާ އެދޭ ގޮތުގެ މައްޗަށް އިސްތިއުނާފު ކުރިއަށް ގެންދިއުމަށެވެ.