ހުޅުމާލޭ އަމީން އެވެނިއު ކައިރީގައި ބުރާސްފަތި ދުވަހު ކާރެއް ފުލުހުންގެ ސައިކަލެއްގައި ޖެހި، ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، އަމީން އެވެނިއުގެ ދިމާއިން ކާރު އަންނަނިކޮށް، ފުލުހުންގެ ސައިކަލް މަގަށް ނުކުތް ވަގުތު އެކްސިޑެންޓް ހިނގީއެވެ.

ދެ ފުލުހުންނަށް ވެސް އަނިޔާވެ، ހޮސްޕިޓަލަށް ގެންދިޔައެވެ. އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކާރު ދުއްވި މީހާއާއި ފުލުހުންގެ ނަން ހާމަކޮށްފައެއް ނުވެއެވެ. މި އެކްސިޑެންޓް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.