މާލެ ހިމެނޭ ކ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވައިޓް އެލާޓް ނެރެފިއެވެ.

މި އެލާޓްގެ މުއްދަތަކީ 2026 އޮކްޓޯބަރު 9 ވަނަ ދުވަހު ހެނދުނު 8:45 އިން މެންދުރުފަހު 2:45 އަށެވެ. ކ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ރަށްތައް އެލާޓްގެ ދަށަށް ހިމެނެއެވެ.

މެޓް އޮފީހުގެ ލަފާގައި އެ ސަރަހައްދަށް ބޯ ވާރޭއާއެކު ގުގުރުމުގެ އިންޒާރު ދީފައިވެއެވެ.