ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ގަލޮޅު ގައުމީ ސްޓޭޑިއަމްގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، މާޒިޔާ ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ޖެހީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން އިބްރާހީމް މަހުދީއެވެ.

ދެވަނަ އަދި ތިންވަނަ ލަނޑު ޖެހީ ނެމަންޔާ އާއި ތޯމަސް ކުކޫއެވެ.

ސީޒަން ލަސްކޮށް ފެށި ޗެމްޕިއަނުން މި މޮޅާއެކު އަލުން ތަށީގެ ރޭހަށް ވަދެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާއެކު ވިކްޓްރީއެވެ.

ނިއު ރޭޑިއަންޓް އަނެއްކާވެސް އެއްވަރުވިއިރު، އެ ޓީމުގެ ޑިފެންސަށް ފާޑުކިޔުން އަމާޒުވެ، ކޯޗު ދަނީ ޓީމަށް ބަދަލުތައް ގެންނަމުންނެވެ.