ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރު ދިރާގުން ވަނީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 2027 ވަނަ އަހަރުގެ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީ ދިވެހި ޒުވާނުންނަށް ދަސްކުރަމުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ، އުޖޫރަ ލިބޭ ދެ އަހަރުގެ ޕްރޮގްރާމެކެވެ.

ޝަރުތުތައް

  • ދިވެހި ރައްޔިތަކަށް ވުން

  • އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދު ވުން

  • މަދުވެގެން އޭލެވެލް ފެންވަރުގެ ތައުލީމީ ފެންވަރެއް ހުރުން

  • ފުލްޓައިމް ވަޒީފާއެއް އަދާނުކުރާ ފަރާތަކަށް ވުން

ޕްރޮގްރާމް ކުރިއަށްދާ ގޮތް

ދިރާގުން ބުނާ ގޮތުގައި، އެޕްރެންޓިސުން ދެ އަހަރު ދުވަސް ހޭދަކުރާނީ ވޯކްޝޮޕްތަކާއި ކޯސްތައް ފަދަ އިންތިޒާމުވެގެން ހިންގޭ ތަމްރީނުތަކާއި، ތަޖުރިބާކާރު މުވައްޒަފުންގެ ދަށުން މަސައްކަތުގެ މާހައުލުގައި އަމަލީ ގޮތުން ދަސްކުރުން އެކުލެވޭ ގޮތަށެވެ. އަދި ކޮންމެ އެޕްރެންޓިސްއަކަށް ދިރާގު ޓީމުން މެންޓަރެއް (އިރުޝާދުދޭނެ މީހެއް) ހަމަޖައްސައިދެވޭނެއެވެ.

ދެ އަހަރު ފުރިހަމަކުރާ އެޕްރެންޓިސުންނަށް ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ރަސްމީ ސެޓްފިކެޓެއް ލިބޭނެއެވެ. އެއް އަހަރަށްފަހު ވަކިވާ ފަރާތްތަކަށް ލިބޭނީ އެ އަހަރުގެ ސެޓްފިކެޓެވެ. އަދި މަސައްކަތުގެ ފެންވަރަށާއި ކުންފުނީގެ ބޭނުންތަކަށް ބަލައި، ފާހަގަކޮށްލެވޭ އެޕްރެންޓިސުންނަށް ދިރާގުން ވަޒީފާގެ ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ދިރާގުން ބުނާ ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން މުއާމަލާތްކުރުމާއި، ޕްލޭންކުރުމާއި އިންތިޒާމުކުރުމާއި، މައްސަލަ ހައްލުކުރުމާއި ގޮތް ނިންމުމާއި، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ އިތުރުން މަސައްކަތުގެ މާހައުލުގެ ސިއްހަތާއި ރައްކާތެރިކަން ފަދަ މުހިންމު ހުނަރުތައް އަށަގަންނުވައިދެއެވެ.

އެޕްލައި ކުރާނެ ގޮތް

އެޕްލިކޭޝަން ހުށަހަޅާނީ ދިރާގު އެޕްރެންޓިސްޝިޕް ވެބްޕޭޖް މެދުވެރިކޮށް އޮންލައިންކޮށެވެ.