ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްވައިޕް ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، 25،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ހިމެނޭހެން، ފައިސާގެ އެތަށް އިނާމު ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޭންކުން ބުނި ގޮތުގައި "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެމްބަރުން ފެށިގެން 1 ޑިސެމްބަރުގެ ނިޔަލަށެވެ.

ބައިވެރިވާނެ ގޮތް

  • ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ، އެއް ފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެންނެވެ.

  • ކޮންމެ ހަފުތާއަކު ފަސް ނަސީބުވެރިން ހޮވައި، ކޮންމެ މީހަކަށް 1،000 ރުފިޔާ ދެވޭނެއެވެ.

  • ޖުމްލަ 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  • ހަފުތާގެ އިނާމު ލިބޭ ފަރާތްތަކަށް ވެސް ޕްރޮމޯޝަން ނިމުމުން، 25،000 ރުފިޔާގެ ބޮޑު އިނާމު ލިބޭ ބުރުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ އިތުރު ތަފުސީލު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސްވައިޕްއާ ބެހޭގޮތުން

ސްވައިޕަކީ ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓެވެ.